10 Sep 2015, 11:11
އިންޑިއާގައި ދިރިއުޅޭ ސައުދީ ޑިޕްލޮމެޓަކު ނޭޕާލުގެ ދެ މެއިޑެއް ރޭޕްކުރިކަމަށް ބުނާ މައްސަލައެއް އިންޑިއާގެ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
އެންޖީއޯއަކުން ލިބުނު ސިއްރު މައުލޫމާތުގެ އެހީގައި ފުލުހުން ނޭޕާލުގެ ދެ މެއިޑުން ސަލާމަތް ކޮށްފައިވާ އިރު ސައުދީ ޑިޕްލޮމެޓާ ބެހޭ ގޮތުން މީޑިއާތަކުގައި ދަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ޑިޕްލޮމެޓުގެ އާއިލާ އިން މެއިޑުންނަށް ޖިންސީ ގޮތުން ގޯނާކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަށް ބުނެ އެވެ.
އިންޑިއާގެ ފުލުހުން މިހާރު އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ އިރު އިންޑިއާގައި ހުއްނަ ސައުދީގެ އެމްބަސީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ސައުދީގެ ޑިޕްލޮމެޓްގެ އާއިލާއިން ވޭތުވެ ދިޔަ ފަސް ވަރަކަށް މަސްފުވަހުގެ ތެރޭގައި ދެ މެއިޑުން ގޭގައި ބަންދުކޮށް އަނިޔާކޮށް އާއިލާއާއި ގެއަށް ޒިޔާރަތް ކުރާ މީހުންގެ ފަރާތުން ތަފާތު ގިނަ ޖިންސީ ގޯނާ ކޯށްފައިވާ ކަމަށް އިންޑިއާގެ ފުލުހުންގެ އޮފިސަރު ނަވްދީޕް ސިންގް ވިކްރް ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން އެމީހުން ސަލާމަތްކޮށް އެގެއިން ނެރިފައި ވަނީ މިދިއަ ހޯމަ ދުވަހު އެވެ. އަދި ފުލުހުންގެ މަރުކަޒަށް އެމީހުން ގެންދިއުމަށް ފަހު ރޭޕްކޮށްފައި ތޯ ކަށަވަރުކުރުމަށް ތަހުލީލުތަކެއް ކުރުމަށް ހޮސްޕިޓަލަށް ފޮނުވި ކަމަށްވެސް ފުލުހުން ބުންޏެވެ.
އަނިޔާލިބުނު މީހުންގެ ތެރެއިން އެއް މެޑަކު ބުނީ ކޮންމެ ރެއަަކު އެމީހުންނަށް އަނިޔާ ކުރާ ކަމަށާއި އެގޮތުން ބައެއް ރޭ ރޭ އެއް ފިރިހެނުންނަށް ވުރެ ގިނަ މީހުން އެމީހުން ރޭޕް ކުރާ ކަމަށެވެ.
ނޭޕާލު އެމްބަސީން ބުނެފައި ވަނީ އެމީހުން މަޑު ކުރަނީ ފުލުހުންގެ ތަހުގީގު ރިޕޯޓަށް ކަމަށާއި އޭގފަހުން އެމީހުން ވަކިިގޮތެއް ނިންމާނެ ކަމަށެވެ.