10 Sep 2015, 01:21
ކުޅިވަރުގެ ރޮނގުން ރަން ވަނަ ހާސިލު ކުރާ ސްކޫލްތަކުގެ ދަރިވަރުންނަށް ދޭ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "މައިލޯ ކަލާސް އެވޯޑް" ޒުވާން ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ހޯދައިފިއެވެ.
ނައިބުރައީސް އަހްމަދު އަދީބް ޝަރަފްވެރިކޮށްދެއްވި އެވޯޑް ހަފްލާގައި، ސީއެޗްއެސްއީ ގައި ކިޔަވަމުންދާ ނިޝްވާންގެ އެވޯޑާ ހާވަލުވީ އޭނާގެ މަންމަ ޒާހިދާ ޢަލީއެވެ.
ކޮމަން ވެލްތު ޔޫތު ގޭމްސްގައި ވާދަކުރުމަށް މިވަގުތު ސަމޯއާގެ ވެރިރަށް އާޕިއާގައި ހުރި ނިޝްވާން ވަނީ މިހާރު ކުރިއަށްދާ ކޮމަން ވެލްތު ޔޫތު ގޭމްސްގައިވެސް ފެތުމުގެ ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް މުރާލާފައެވެ.
ބައިނަލްއަގުވާމީ ބޮޑު ތިން މުބާރާތެއްގައި ރާއްޖޭގެ ފަރާތުން ވާދަކޮށްފައިވާ ނިޝްވާން ވަނީ ފެތުމުގެ މުބާރާތްތަކުން ގައުމީ ހަތް ރެކޯޑެއް މުގުރާލައިފައެވެ.
މިރޭގެ ރަސްމިއްޔަތުގައި ވަނީ ދިހަ ކުޅިވަރަކުން އެކި ވަނަތައް ހޯދި 100 ދަރިވަރަކަށް އެވޯޑް ދެއްވާފައެވެ.