10 Sep 2015, 00:07
ސްކޫލް ތަކުގެ ދަރިވަރުންގެ ތެރެއިން ސާނަވީ އަދި މަތީ ސާވީ ދަރިވަރުންނަށް އަންނަ އަހަރުން ފެށިގެން ކުޅިވަރުގެ ޚާއްސަ ސްކޮލާޝިޕް ފުރުސަތުތަކެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ސްކޫލް ތަކުގެ ދަރިވަރުންގެ ތެރެއިން ކުޅިވަރުގެ ރޮނގުން ވަނަ ހޯދާ ދަރިވަރުންނަށް ދޭ ކަލާސް އެވޯޑް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ގްރޭޑް 8 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ދޭ އެ ސްކޮލާޝިޕްތައް ދިނުމަށް ހަމަޖެހިފައިވަނީ ވަކިވަކި ކުޅިވަރުތަކުން އާދަޔާ ޚިލާފު ހުނަރު ދައްކައި ރެކޯޑުތައް ހަދާ ދަރިވަރުންނަށް ކަމަށެވެ.
އެ ސްކޮލަޝިޕްގެ ދަށުން ދަރިވަރުންގެ ހުނަރު ތަރައްގީކުރުމަށް ބޭނުންވާ ތަމްރީން ރާއްޖޭންނާ ރާއްޖޭން ބޭރުން ލިބިގެންދާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ ތައުލީމީ ނިޒާމުން އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ދިނުމަށް ނިންމާފައިވާ ސްކޮލާޝިޕްތަކެއް ކަމަށެވެ.