އަޑިޕާކްގައި ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ބަދަލު ކުރަން އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

އެމަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމަށް ހޯމް މިނިސްޓުރީގެ ފަރާތުން މިނިސްޓަރު އުމަރު ނަސީރު ސޮއިކުރެއްވިއިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.

ހޯމް މިނިސްޓްރީގެ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ އެއެއްބަސްވުމުގެ ދަށުން ތިލަފުށީގައި ފަސް ހެކްޓަރުގެ ބިމެއް ހިއްކައި އެބިމަށް އަޑިޕާކްގައި ހުރި އެންޓަނާތައް މިއަހަރު ނިމެންވާއިރަށް ބަދަލުކުރާނެ ކަމަށެވެ.

އަޑިޕާކް ސަރަހައްދުން އެންޓަނާތައް ބަދަލުކުރާއިރު އެސަރަހައްދު ތަރައްގީކޮށް ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ގެންނާނެ ކަމަށްވެސް ތަޒުމީލް ވިދާޅުވިއެވެ.