މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އެތެރޭގައި ހުރި ހޮޅިތައް ބާވުމާ ގުޅިގެން ބަދަލުކޮށް ނިންމާލައިފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިޕާޓްމެންޓް އޮފް ހެރިޓޭޖް އިން ބުނެފައި ވަނީ މުންނާރުގެ ތެރޭގައި ހުރި ހޮޅިތައް ބަދަލުކުރުމަށް ނިންމާފައި ވަނީ އެ ހޮޅިތަކަށް ގިނަ ދުވަސްތަކެއް ވެފައިވުމާއެކު ދަބަރު ޖަހާފައި ވުމުން ކަމަށެވެ.

އެ ޑިޕާޓްމެންޓުން ބުނެފައި ވަނީ މުންނާރު އާބާތުރަ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތްތާގައިވެސް ގިނަ ކަންތައްތައްތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން ލަކުޑީގެ ބައިތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމާއި މުންނާރު ފެންފަހި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޑިޕާޓްމެންޓް އިން ވަނީ ބުނެފައެވެ.

މާލޭ ހުކުރު މިސްކިތަކީ ތަރިކައިގެ ލިސްޓުގައި ރާއްޖޭގައި އިމާރާތް ކޮށްފައިވާ ހިރިގަލުގެ މިސްކިތް ތައް ހިމެނުމުގެ މަޝްރޫއުގައި ހިމެނިފައިވާ މިސްކިތެކެވެ.