09 Sep 2015, 12:18
އަންހެނުން ބާރުވެރިކުރުވަން ހިޔާލު ދީގެން 50،000 ރުފިޔާ ލިބޭނެ ޕްރޮގުރާމެއް އުރީދޫ އިން ތައާރަފްކޮށްފި އެވެ.
އުރީދޫ އާއި "ވުމެން އޮން ބޯޑް" ގުޅިގެން މިއަދު ތައާރަފް ކުރި "ސްމާޓް އައިޑިއާސް ފޯ ވިމެން" ޗެލެންޖްގެ ދަށުން އަންހެނުންނަށް ހުރި ގޮންޖެހުންތަކަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްލެއް ގެނެސްދިނުމަށް ހިޔާލު ހުށައަޅާ ފަރާތަތަކުގެ ތެރެއިން އެއް ވަަނަ އަށް ހޮވޭ ހިޔާލެއް ހުށަހަޅާ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ.
އެ ހިދުމަތާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫ އިން މަސައްކަތް ކުރަނީ އިންސާނީ ހަޔާތަށް އިތުރު ފުރިހަމަކަމެއް ގެންނަ ހިދުމަތްތައް ރާއްޖޭގައި ތައާރަފްކޮށް ދިވެހި އަންހެނުންނަށް ކުރިއަށް ދިއުމަށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
ވުމަން އޮން ބޯޑުގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) އައިޝަތު ރަފިއްޔާ ވިދާޅުވީ ޓެކްނޮލޮޖީއާ އެކު އަންހެނުންނަށް ހާއްސަ ފުރުސަތުތަކެއް ތަނަވަސްވެފައިވާ ކަމަށާއި އުރީދޫގެ އެ ހިދުމަތުގެ ސަބަބުން ދިވެހި އަންހެނުން ބޭރުގެ އެކި ފަންނުތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅާލެވިދާނެ ކަމަށެވެ.
އުރީދޫވެބްސައިޓްމެދުވެރިކޮށް އަންހެނުންނާ ގުޅޭ ހިޔާލުތައް ހުށައެޅުމުގެ މުއްދަތު ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފަ އެވެ.