09 Sep 2015, 10:58
ޏ. ފުވައްމުލަކު ފުނާޑު އަވަށުގައި އޮންނަ ޗަސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުނާޑު ކައުންސިލުގެ ރައީސް އަލީ ވަސީމު ހުސައިން މިއަދު "ސަން" އަށް ވިދާޅުވީ އެތަނުގައި އަލިފާން ރޯވެފައި ވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށެވެ. އަދި އެއީ ބަޔަކު މީހުން ކޮށްގެން އުޅޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަލިފާން ރޯވަނީ ހަމަ އަމިއްލަ ޒާތުގައި އިނގޭތޯ. އެއީ ހަމަ ހޫނު ގަދަ ކަމުން އަލިފާން ރޯވަނީ. އަލިފާން ރޯވެގެން އުޅޭތާ މިހާރު ދެ ގަޑިއިރު ވަރު ވެއްޖެ،" ވަސީމް ވިދާޅުވި އެވެ.
އަލިފާން ނިންވުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާ ކަމަށާއި އެގޮތުން މިހާރު އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓުރޯލްވެފައިވާ ކަމަށް ވެސް ފުނާޑު ކައުންސިލުގެ ރައީސް ވަސީމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.