ބްރިޓިޝް އެއާވޭސްގެ ފްލައިޓެއްގައި އަލިފާން ރޯވެ 14 މީހަކަށް އަނިޔާވެއްޖެ އެވެ.

އެ ފްލައިޓްގައި ތިބި ޕަސެންޖަރުންނާއި ކްރޫ އިން މިހާރު ވަނީ ސަލާމަތް ކޮށްފައެވެ. 14 މީހަކަށް އަނިޔާވެފައި ވީނަމަވެސް ފުރާނަޔަށް ނުރައްވާ ވަރުގެ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަަމަށް ސީއެންއެން އިން ބުނެއެވެ. އެމީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެ ފްލައިޓްގައި އަލިފާންރޯވެފައި ވަނީ އެމެެރިކާގެ ލެސްވޭގަސް އެއާޕޯޓުން ލަންޑަނަަށް ފުރަން ތައްޔާރުވަމުން ދަނިކޮށް ކަަމަށް ސީއެންއެން އިން ބުނެ އެވެ. މި ހާދިސާ ހިނގާފައިވަނީ އަންގާރަދުވަހު ހަވީރުއެވެ.

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ފްލައިޓްގެ އެއް އިންޖީނުގައި އަލިފާން ރޯވެގެން ކަމަށެވެ. އެ ހާދިސާ ހިނގިއިރު ފްލައިޓްގައި 159 ޕަސެންޖަރުން ތިއްބެވެ.