ހޯމް މިނިސްޓްރީގެ ޕަމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، އެ މަގާމަށް ލެއްވީ ހޯމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ހަމީދު ކަމަށެވެ.

އިބްރާހިމް ހަމީދަކީ މެލޭޝިއާގެ ބައިނަރީ ޔުނިވަސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފައި ވަނީ ތައިލޭންޑްގެ އޭޝިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ.