17 Mar 2011, 15:33
ދުވަސް ނުފުރާ ވިހެއުމަށްފަހު މަރުވި ކުއްޖަކާ ހަވާލުވާނެ ފަރާތެއް ނެތިގެން ކުއްޖާ ވަޅު ނުލެވި އައިޖީއެމްއެޗް ގައި ބާއްވާފައި އެބައޮތެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައިމީހާގެ ބަނޑަށް ފަސް މަހުގައި މިއަދު ހެނދުނު ވިހާފައިވާ އެ ކުއްޖާ މަރުވީވެސް ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ކުއްޖާ މަރުވެފައިވާ ވަނީ ނާސަރީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
"ދަރިފުޅު އެބޯޓްވީ (ބައިގެން ދިޔައީ) މިއަދު ހެނދުނު އަށެއް ޖަހާކަންހާއިރު. މަރުވީ ނާސަރީ ގައި ފަރުވާ ދެމުން ދަނިކޮށް،" އޮފިޝަލު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އުމުރުން 19 އަހަރުގެ ނ. ލަންދޫ އަށް އުފަންއަންހެން ކުއްޖާއަކީ މީހާ ކައިވެނިކޮށްގެން އުޅޭ ކުއްޖެއް ނޫންވެ. އޭނާ ހޮސްޕިޓަލަށް ދިޔައީ ބަނޑަށް ތަދުވާތީ ކަމަށް ބުނެއެވެ.