08 Sep 2015, 20:04
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްތިބި ދިވެހި ހައްޖުވެރީންގެ ތެރެއިން ސައުދީ އަރަބިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރި ހައްޖު ވެރިޔާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، ހޮސްޕިޓަލުގައި އެޑްމިކޮށްގެން ފަރުވާ ހޯދަމުން އަންނަ ހައްޖުވެރިޔާގެ ހާލު މިހާރު ކުރިއަށް ވުރެ ރަނގަޅު ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
"ކުރިއަށް ވުރެ ރަނގަޅު. އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން" އޮފިޝަލު ވިދާޅުވި އެވެ.
ހާލުދެރަވެގެން އެޑްމިޓުކޮށްފައި ވަނީ 57 އަހަރުގެ ހައްޖުވެރިއެކެވެ.
މިއަހަރު ހައްޖުކުރުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން 1300 ހައްޖުވެރިން ވަނީ މައްކާއަށް ގޮސްފައެވެ. ޙައްޖުވެރިންނަށް ސިއްހީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަ ޑޮކްޓަރުންނާއި 12 ނަރުހުން ދަނީ ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މައްކާގައި ހަރަކާތްތެރިވަމުންނެވެ.