08 Sep 2015, 19:18
ނ. މާޅެންދޫ ވައިޓް ހައުސް އަހްމަދު މިރުޒާ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ތިން މީހުންގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
މިއަދު މެންދުރު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމެވެ.
ދެ ހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށެވެ.
ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ޝަރީއަތުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.