08 Sep 2015, 14:37
ޕީޕީއެމްގެ ރައީސްކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރުމަށް އެ ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮފިން ގޮވާލުމުން އެ ގޮފީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރު އަހްމަދު ޝަމްއޫން މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ފޮނުވަން ނިންމައިފި އެވެ.
ޕީޕީއެމުން މިއަދު ބުނީ މައްޗަންގޮޅި ދެކުނު ދާއިރާއިން ނެރެފައިވާ ބަޔާނަކީ ޝައްމޫން ފަރުދީގޮތުން ނެރުއްވާފައިވާ ބަޔާނެއް ކަމަށެވެ. އެ ބަނާޔުގެ ސަބަބުން އެ ޕާޓީގެ އެއްބައިވަންތަކަމާއި ހަމަޖެހުމަށް އޭގެ ސަބަބުން އަސަރު ކުރާ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ. އެހެންކަމުން ޝަމްއޫންގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ފޮނުވުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމުން ބުނާ ގޮތުން އެ ޕާޓީގެ ގޮފީގެ ނަމުގައި ބަޔާނެއް ނެރޭނަމަ އެ ގޮތްޕެއްގެ ހިންގާ ކޮމިޓީގެ މަޝްވަރާއާއެކު އެ ގޮތްޕެއްގެ ތާއީދު ލިބިގެން ނޫނީ އެއްވެސް ފަރާތަކަށް އެއްވެސް އެއްޗެއް ބުނުމުގެ ބާރު އެ ޕާޓީގެ ގަވައިދުން ތަން ނުދޭ ކަމަށެވެ.