08 Sep 2015, 12:47
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އާ ގުޅިގެން ދ. ކުޑަހުވަދޫ ސަހަރާ ދިލައި ސާފުކޮށްފިއެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ފުލުހުން އެ އަތޮޅު ވާނީގައި ހިންގާ 26 ވަނަ ޕަބްލިކް އޯޑާ ޓްރެއިނިންގް ކޯހުގެ ބައިވެރިންނާއި ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެގެން އެ މަސައްކަތް ކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
އެ މަސައްކަތުގައި ވަނީ ސަހަރާގައި ބޯކޮށް ހެދިފައިވާ ވިނަތައް ނޮޅައި ސާފުކުރުމުގެ އިތުރުން ސަހަރާގައި ހެދިފައިވާ ގަސްތައް ކަނޑައި ސާފުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.