14:30


ގެއްލިގެން ހަ ދުވަސް ފަހުން އާއިލާ އިން ރިޕޯޓްކުރުމުން ފުލުހުން ހޯދާ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ އަކީ މަޝްހޫރު ފިލްމީ ބަތޮލާ މަރިޔަމް ނިޝާގެ ދަރިފުޅެއް ކަމަށް އާއިލާ އިން ކަށަވަރުކޮށްދީފި އެވެ.


މަރިޔަމް ނިޝާގެ ފިރިމީހާ މިއަދު ބުނީ ވީނުވީ ތަނެއް ނޭނގިގެން ޓީވީން ފޮޓޯ ދައްކަމުންދާ ގ. މެމޮރީވިލާ، އައިޝަތު ރައިޝާ ގެއިން ނުކުމެގެން ގޮސްފައި ވަނީ އެއްވެސް ކަމަކާ މެދު ހިތްހަމަނުޖެހިގެން ނޫން ކަމަށެވެ.


ފުލުހުން ބުނީ ރައިޝާ ގެއިން ނުކުމެގެން ގޮސްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ނަމަވެސް އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ކަމަށެވެ.


ޓީވީން ފޮޓޯ ދައްކަން ފެށިތަނާ ރައިޝާ ފޯނުކުރި ކަމަށާއި ގެއަށް އަންނާނެ ކަމަށް ބުނި ކަމަށް އާއިލާ އިން ބުނެ އެވެ. ނަމަވެސް ފުލުހުން ބުނީ އެ ކުއްޖާ ފެނިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.