08 Sep 2015, 10:44
އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގައި ބައިސްކަލު ދުއްވުމުގެ ހަވީރެއް ބޭއްވުމަށް އެގަޑީގައި އިންޖީނުލީ އުޅަނދުު ދުއްވުން މަނާކުރަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭގައި ބައިސްކަލް ދުއްވުމުގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާތީ އެދުވަހުގެ ހަވީރު 15:00 ން ފެށިގެން 18:00 އާ ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަ ދެވިފައިވާ އުޅަނދު ފިޔަވާ އެހެން އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށެވެ.
އެވަގުތު ދުއްވަން ހުއްދަދެވޭ އުޅަނދުތައް:
*ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
*އެމްބިއުލާންސް
*ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީ އާއި ޕިކަޕް
*ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ ސައިކަލް
*ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތުގެ ތެރެއިން އެއޮތޯރިޓީން ހުއްދަދޭ އުޅަނދު
އެ އެންގުމާ ހިލާފުވާ ފަރާތްތައް 750ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ޓުރާންސްޕޯޓް އޮތޯރިޓީއިން ބުންޏެވެ.