ދުވާލުގެ ގަދަ އަލީގައި ތައިލޭންޑްގެ ބޭންކޮކަށް އަލިފާން ބޯޅައެއް ވެއްޓޭ މަންޒަރު ފެނުމުން އެތައް ބަޔަކު ހައިރާންވެ، އަދި ހަމަ އެއާ އެކު ސޯޝަލް މީޑިއާގައި އެ ވީޑިއޯ ކްލިޕް އާންމުކޮށްފި އެވެ.

މުޅި ތައިލެންޑަށް ފެނު އެ އަލިފާން ބޯޅައިގެ ވީޑިއޯ ފްޓޭޖު ރެކޯޑް ކުރީ ކާރެއްގެ ޑޭޝްބޯޑް ކެމެރާއަކުންނެވެ. އެ އަލިފާން ބޯޅަ ބިމަށް ވެއްޓުނު އިރު މުޅިތަން ހުރީ ވަރަށް އަލިގަދަކޮށެވެ.

"މެންދުރުގެ ގަދަ އަވި ދިއްލި ވަގުތު، ކުއްލި އަކަށް ފެނުނީ ވަރުގަދަ އައްޔެއް ބިމަށް އަންނަތަން،" އިއްޔެ ވެެއްޓުނު އަލި ބޯޅަ ރެކޯޑް ކުރި މީހާ ބުންޏެވެ.

ަް"އަހަރެންނަށް ޝޫޓިން ސްޓާ ވަރަށް ގިނައިން ރޭގަނޑު ފެނޭ، އެކަމަކު މި ނޫނީ ދުވާލުގެ ވަގުތުގައި ޝޫޓިން ސްޓާއެއް އަންނަ ތަނެއް މިނޫނީ ނުދެކެން،" 30 އަހަރުގެ ސެޓެލައިޓް އިންޖީނިއަރެއް އޭއެފްޕީ އަށް ބުންޏެވެ.

ޕޯޖާޖު އަކީ އެ އާދަޔާ ހިލާފު އަލީގެ ހާދިސާއަކީ އޭނާގެ ކާރުގެ ޑޭޝްބޯޑް ކެރެރާ އިން ރެކޯޑް ކުރި އެކެކެވެ. އަދި އެ މަންޒަރާއި އެ ވާހަކަތައް ވައިރަސްއެއް ހެން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ.

"ޔަގީނުން ވެސް އެއީ މެޓްރޯއެއް، އެއީ އެއައީ ވަރަށް ބާރަށް އާދަޔާ ހިލާފު ބާރަށް، އަދި އެހާ އަލިގަދަ،" ތައިލޭންޑްގެ ނޭޝަނަލް އެސްޓްރޯނޯމިކަލް ރިސާޗު އިންސިޓިއުޓްގެ އެޑްވައިޒަރަކު އޭއެފްޕީ އަށް ބުންޏެވެ.

އޭނާ ބުނީ އެއީ އާންމު ކަމެއް ކަމަށާއި ނަމަވެސް އިއްޔެ ވެއްޓުނު މެޓްރޯ ވަރަށް ބޮޑު ކަމަށާއި އަދި ވަރަށް އަލި ގަދަ ކަމަށެވެ. އަދި އެ ޝޫޓިން ސްޓާ ވެއްޓުނީ އިއްޔެ ހެނދުނު 8:40ގައި ކަމަށެވެ.

ޝޫޓިން ސްޓާއަކީ އުޑުން އަންނަ ގިނަ ހިލަކޮޅަކަށް ކިޔާ ނަމެކެވެ. އެ ހިލަ ކޮޅު ބިމުގެ އެޓްމެސްފިޔާ އަށް އަންނަނީ ސިކުންތަކު 60 ކިލޯ މީޓަރުގެ ބާރު މިނުގަ އެވެ.

ދެ ހާސް ތޭރަ ވަނަ އަހަރު ރަޝިޔާގެ އުރުލަސް މަތިން 10،000 ޓަނުގެ ގިނި ހިލައެއް ގޮވި އެވެ. އަދި އެ ހާދިސާގައި 1000 މީހުންނަށް އަނިޔާވެ ޒަހަމުވި އެވެ.