ކުރީގެ ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހު އަށް، ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކޮންސްޓްރަކްޝަން ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސ)ގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ)ގެ މަގާމު އިއްޔެ ދެއްވައިފި އެވެ.

ފަސީހު މިއަދުން ފެށިގެން ވަނީ އެމްޓީސީސީ އަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

ފަސީހަކީ އޭނާގެ އުމުރުން ބޮޑު ބައެއްގައި ފުލުހުންގެ ހިދުމަތުގައި އުޅުވި ބޭފުޅެކެވެ. އެ ގޮތުން 23 އަހަރުވަންދެން އޭނާ ފުލުހުންގެ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވާފައި އެވެ. އެންމެ ފަހުން އޭނާ އަދާ ކުރެއްވީ ފުލުސް ކޮމިޝަނަރުގެ މަގާމެވެ.

ފަސީހު އިސްތިއުފާ ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު، 8 ފެބްރުއަރީ 2012ގަ އެވެ.