ހުޅުމާލޭގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ މިރޭ 7:05 ކަންހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވިއިރު، އެމީހުންނަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށެވެ.

މިރޭގެ އެކްސިޑެންޓުގައި ޒަހަމްވި މީހާ-- ސަން ފޮޓޯ: ކިޔުންތެރިއެއް

ސަން އަށް އެނގިފައިވާގޮތުގައި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލަށް ނުގުޅޭތީ އިތުރު ތަފްސީލް ވަނީ ލިބޭގޮތް ނުވެފައެވެ.

އެ އެކްސިޑެންޓުގައި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.