07 Sep 2015, 17:10
ޔޫތު މިނިސްޓްރީގެ ހަތަރު ކޯޑިނޭޓަރަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަގާމުގެ ކުރިއެރުން ދެއްވައިފި އެވެ.
ސަރުކާރުކާރުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މަގާމުގެ ކުރިއެރުން ދެއްވާފައި ވަނީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ނާޒިލާއި އަބުދުއް ޝުކޫރު އަބުދުﷲ އާއި އަހުމަދު ޝިޔާޒާއި އަބުދުﷲ ރަޝީދަށް ކަމަށެވެ.
އެ ހަތަރު ބޭފުޅުން ވެސް ކޯޑިނޭޓަރު ކަމުން ބަދަލުކުރައްވާފައި ވަނީ އެގްޒެކެޓިވް ކޯޑިނޭޓަރު ކަމަށެވެ.