07 Sep 2015, 15:50
އިންޑިއާގެ އުތުރު ދެކުނުގައި އޮންނަ އަންދަރަ ޕްރަދޭޝްގެ ދަނޑުބިންތަކުގައި މަސައްކަތްކުރަމުން ދިޔަ 22 މީހެއްގެ ގަޔަށް ހޮނު އެޅުމުގެ ސަބަބުން މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
އަންދަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޗަންދުރަބަބޫ ނައިޑޫ ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގާފައި ވަނީ އެ ސްޓޭޓުގެ އަށް ޑިސްޓްރިކްޓަކަށް ގުގުރުމާ އެކު މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
މީގެ އިތުރުން، އަންހެން ދެ ކްރިކެޓް ޓީމެއް ކުޅެމުން ދިޔަ ދަނޑެއްގައި ހުރި ގަހަކަށް ވެސް އިއްޔެ ހޮނުއަޅާފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައެއް ނުވެ އެވެ.
"ގަހަކަށް ހޮނުއެޅުމުގެ ސަބަބުން އެ ގަހުގައި އަލިފާން ރޯވި. އަދި އެއަށް ފަހު އިވުނު ބާރު އަޑާ އެކު ކުޅުންތެރިންނާއި އޮފިޝަލުން ދަނޑުން ފޭބި،" އަންދަރަ ޕްރަދޭޝްގެ ކްރިކެޓް އޮފިޝަލެއް ވިދާޅުވި އެވެ.
އިންޑިއާއަށް ކޮންމެ އަހަރެއްގެ ޖޫން އިން ފެށިގެން ސެޕްޓެމްބަރަކަށް ކުރާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ހޮނުއެޅުމަކީ އާއްމު ކަމެކެވެ. ނަމަވެސް ހޮނުއެޅުމުގެ ސަބަބުން އިއްޔެ މަރުވި މީހުންގެ އަދަދު މަދު ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
މައުލޫމާތު: އޭޕީ، ސްކައި ނިއުސް