17 Mar 2011, 09:21
ރޭ ފަތިހު މާލޭގައި ހިންގި މާރާމާރީ އެއްގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އަލިކިލެގެފާނުމަގު މަޖީދީމަގު ޓްރެފިކް ލައިޓްކައިރީ ރޭ ދަންވަރު 3:30 ހާކަންހާއިރު ހިންގި މާރާމާރީގައި މަރުވެފައި ވަނީ ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު (ބައްސި) 21، ކަމަށެވެ.
އަދި އައުސަންގެ ހަށިގަނޑު ފުލުހުން ބެލިބެލުމުން ތޫނުއެއްޗަކުން ބުރަކަށިން ހަތަރު ތަނަކާއި މެޔާ ދިމާލުން ތަނެއް ޒަހަމްކޮށްލާފައިވެ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ މާރާމާރީގައި ޒަހަމްވި 21 އަހަރުގެ ޒުވާނާ މަރުވީ މިއަދު 8:20 އެހާކަންހާއިރު އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ. އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފަތިހުގެ އެވެ. އަދި އަހުސަންގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމާލީދީ ޒަހަމްކޮށްފައިވާ އިރު ބޮޑެތި ޒަހަމްތައް ފެންނަން ހުރީ ދެ ކޮނޑުމަތިންނާއި ކަރުގެ ކަނާތްފަރާތުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އައުސަންގެ ގާތް ރައްޓެއްސަކު ބުނީ އޭނާގެ ހަށިގަނޑުގެ ހަތް ތަނަށް ވަޅި ހަރާފައިވާ ކަމަށެވެ.
ރޭގެ މާރާމާރީގައި މަރުވި ޒުވާނާ އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލުމުގެ ތުހުމަތުގެ މައްސަލަގައި ހައްޔަރު ކުރުމަށް ފަހު ހަ މަސްވީ އިރު ވެސް މެޑިކޯ ލީގަލް ރިޕޯޓް ނުލިބިގެން ކޯޓުން ދޫކޮށްލި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ހިމެނެ އެވެ.
އުމުރުން 21 އަހަރުގެ އަހުސަން މަރުވީ މާރާމާރީ ހިންގައި އޭނާ އަށް ހަމަލަ ދިނުމުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ޝަހުމް ހިމެނޭ ކަމަށް ފުލުހުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަހުގީގަށް ޝަހުމް ހޯދުމުގެ މަސައްކަތް ފުލުހުން ފެށުމާ އެކު އޭނާ ފިލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އިލްތިމާސް ކުރަން އެއްވެސް ފަރާތަކަށް އޭނާ ފެނިއްޖެ ނަމަ އޭނާއާ ކުރިމަތިނުލަން. އޭނާއަކީ އެއަށް ވުރެ މާ ނުރައްކާތެރި މީހެއް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެނާ މައުލޫމާތު ހިއްސާ ކުރުމަށް." އޮފިޝަލް ވިދާޅުވި އެވެ.
ރޭ ޒުވާނަކަށް ހަމަލާދީ މަރާލާފައި މިވަނީ އާޓިފިޝަލް ބީޗުގައި ގްރޫޕު މާރާމާރީއެއް ހިންގަގައި ޒުވާނެއްގެ ވަރަށް ގިނަ ތަންތަނަށް ވަޅިހަރައި ޒަހަމުކޮށްލިތާ ދެ ހަފުތާ ވެސް ނުވަނީހެވެ.
---------
15:22 ޖިނާއީ ކޯޓުން ޝަހުމް ދޫކޮށްލި މައްސަލަ މިދިއަ މަހުގެ 21 ވަނަ ދުވަހު ހައިކޯޓްގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ޕީޖީން މިއަދު ބުންޏެވެ،
14:22 އުމުރުން 21 އަހަރުގެ އަހުސަން ބަޝީރު މަރުވި މާރާމާރީ ހިންގާ އޭނާއަށް ހަމަލަ ދިނުމުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ޝަހުމް ހިމެނޭ ކަމަށް ފުލުހުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަހުގީގަށް ޝަހުމް ހޯދުމުގެ މަސައްކަތް ފުުލުހުން ފެށުމާއެކު އޭނާ ފިލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އިލްތިމާސް ކުރަން އެއްވެސް ފަރާތަކަށް އޭނާ ފެނިއްޖެނަމަ އޭނާއާ ކުރިމަތިނުލަން. އޭނާއަކީ އެއަށްވުރެ މާ ނުރައްކާތެރި މީހެއް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެނާ މައުލާުމާތު ހިއްސާ ކުރުމަށް." އޮފިޝަލް ވިދާޅުވި
11:06 އެންމެ ފަހުން ފުލުހުން ބުނީ ރޭ ދަންވަރު 3:30 ހާއިރު މާރާމާރީ ހިންގީ މަޖީދީމަގު އަލިކިލެގެފާނުމަގު ޓްރެފިކް ލައިޓްކައިރީ ގައި ކަމަށާއި ހަމަލާގައި މަރުވި ބަޝީރުގެ ހަށިގަނޑު ފުލުހުން ބެލިބެލުމުން ތޫނުއެއްޗަކުން ބަޝީރު ބުރަކަށިން ހަތަރު ތަނަކާއި، މެޔާއި ދިމާލުން ތަނެއް ޒަހަމްކޮށްލާފައިވާ ކަމަށެވެ.
10:06 މާރާމާމާރީގައި ޒަހަމްވެފައި ވަނީ ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު 21، ކަމަށް ފުލުހުން ވެސް މިހާރު ބުނެފި އެވެ.
10:06 އައިޖީއެމްއެޗުން ދެންމެ ބުނީ ބަޝީރުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމާލީދީ ޒަހަމްކޮށްފައި ވާއިރު ބޮޑެތި ޒަހަމްތައް ފެންނަން ހުރީ ދެ ކޮނޑުމަތިންނާއި ކަރުގެ ކަނާތްފަރާތުން ކަމަށެވެ.
10:06 ބަޝީރުގެ ގާތް ރައްޓެއްސަކު ބުނީ އޭނާގެ ހަށިގަނޑުގެ ހަތް ތަނަށް ވަޅި ހަރާފައިވާ ކަމަށެވެ.
9:51 ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި މާރަމާރީގައި ދިން ޒަހަމްތަކަށް ފަރުވާ ދެނިކޮށް މަރުވީ އައްޑު އަތޮޅު ހިތަދޫ އަހުސަން ބަޝީރު (ބައްސި) އެވެ. އޭނާއަށް ހަމަލާ ދީފައި ވަނީ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރައްދުގައި އޮންނަ ޕާކް، (އެންސީޕާކް) ކައިރިންނެވެ.
9:51 މިހާ ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ ތުހުމަތު ކުރެވޭ ފަރާތްތަކެއް ބުނަން އަދި އަވަސް ކަމަށާއި މައްސަލައިގެ އިންވެސްޓިގޭޝަން ފުލުހުން ފަށާފައިވާ ކަމަށެވެ. ފުލުހުން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ސަންއަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ރޭގޭ މާރާމާރީގައި މަރުވި ޒުވާނާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލުމުގެ ތުހުމަތުގެ މައްސަލަގައި ހައްޔަރު ކުރުމަށްފަހު ހަމަސްވީ އިރު ވެސް މެޑިކޯ ލީގަލް ރިޕޯޓް ނުލިބިގެން ކޯޓުން ދޫކޮށްލި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ހިމެނެ އެވެ.
ރޭ ފަތިހު މާލޭގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.
މާލޭ އަލިކިލެގެފާނު މަގުގައި ހިންގި މާރާމާރީގައި ވަރަށް ބޮޑަށް ޒަހަމްކޮށްލި ޒުވާނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ މާރާމާރީގައި ޒަހަމްވި 20 އަހަރުގެ ޒުވާނާ މަރުވީ މިއަދު 8:20 އެހާކަންހާއިރު އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ. އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފަތިހުގެ އެވެ.
މަރުވި ޒުވާނާގެ ހަށިގަނޑު އަދިވެސް އޮތީ އައިޖީއެމްއެޗުގަ އެވެ.
މަރުވީ ޒުވާނާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ވެސް އަދި އައިޖީއެމްއެޗުން ވެސް މިހާތަނަށް ދީފައެއް ނުވެއެވެ.
ފަތިހު ހިނގި މާރާމާރީގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއްވެސް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.
(ތަފުސީލު އަންނަނީ)