އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ގއ. ދާންދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިމަހުގެ ފަސް ވަނަ ދުވަހު ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާއަކީ މަސްތުވާތަކެތީގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދަށް ގއ. ވިލިނގިލީ ކޯޓުން ވަނީ 10 ދުވަސް ޖަހައިފަ އެވެ.