07 Sep 2015, 00:18
އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް ޒޯން ހަތަރެއްގެ ފައިނަލްގައި ކޮންރޮޑް މޯލްޑިވްސްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ސަން އައިލެންޑް އެ މުބާރާތުގެ ޗެމެޕިއަންކަން ހޯދައިފިއެވެ.
ފައިނަލް މެޗްގެ ފުރަތަމަ ސެޓް 25-13 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓާއި ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-20 ނެނެވެ.
ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސަން އައިލެންޑްގެ އިބްރާހިމް އާދިލްއެވެ.
ޒޯން ޗެމްޕިއަންޝިޕްގައި ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ސަން އައިލެންޑް ހޯދުމުން އެޓީމް ވަނީ ރިޒޯޓް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.
ޒޯން ޗެމޕިއަންޝިޕް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
ހޯމް އެންޑް އަވޭ އުސޫލުގައި ކުޅޭނީ ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދާ ޓީމާ ދެކޮޅަށެވެ.
ރިޒޯޓް ޗެމްޕިއަންސް ލީގްގެ ޗެމްޕިއަންކަން ލިބޭނީ އެ ދެބުރުން ޗެމްޕިއަންކަން ހޯދާ ދެޓީމް މާލޭގައި ކުޅޭ ފައިނަލް މެޗުންނެވެ.
ޒޯން ޗެމްޕިއަންސް ލީގްގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ބަނޑޮސް އައިލެންޑް ރިޒޯޓެވެ.