06 Sep 2015, 21:47
އުމުރުން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. ޖިންސީ ގޯނާ ކޮށްފައި ވަނީ އަންހެން ކުއްޖަކަށް ކަމެއް ނުވަތަ ފިރިހެން ކުއްޖަކަށް ކަމެއް ފުލުހުން ނުބުނެއެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ހަމަ އެދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދަށް ފުވައްމުލަކު ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.