ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓިއޯ) އިން ރާއްޖެ އެތެރެކުރާ ފުށުގައި ކެމިކަލް އެކުލެވިފައިވާ ކަަމަށާއި އެ ފުށް ބޭނުންނުކުރުމަށް އެދޭ ކަަމަށް އެސްޓިއޯ އިން ބުނާކަމަށް ބުނެ ސޯޝަލްމީޑިއާގައި ފަތުރާ ވާހަކަ އަކީ ދޮގެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ މި މެސަޖަކީ އެސްޓިއޯ އިން ނެރެފައިވާ މެސެޖެއް ނޫން" ކަމަށެވެ.

އަދި އެސްޓިއޯ އިން އެތެރެކުރާ ކާޑު އަދި ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރަމުންދަނީ ވަކި މިންގަނޑުތަކެއްގެ ދަށުން ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ އާ އެކު ކަމަށް އެސްޓީއޯގެ ބަޔާނުގައި ވެއެވެ.

ރާއްޖެ އަށް ކާޑުގެ ބާވަތްތައް އެއްމެ ގިނައިން އިމްޕޯޓްކުރަނީ އެސްޓިއޯއިންނެވެ.