06 Sep 2015, 17:04
ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދަށް ބަޔަކު އިއްޔެ ހަމަލާދޭން އުޅުނު މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެއްޖެއެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށާއި އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފަނޑިޔާރު އަލީ ހަމީދަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަކީ ވެސް އަލީ ހަމީދެވެ.