ޗައިނާގެ ސްޓޭޓް ކައުންސިލްގެ ވައިސް ޕްރިމިއާ ވާން ކީޝަން، ޓްރާންސިޓް ދަތުރުފުޅެއްގައި މިއަދު ރާއްޖޭގައި މަޑުކޮށްލައްވައިފިއެވެ. އެމަނިކުފާނަށް، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރުޙަބާ ވިދާޅުވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ހަސަން މަނިކެވެ.

ވައިސް ޕްރިމިއާ ވާން ކީޝަންއަކީ، ޗައިނާގެ ރައީސް، ވެން ޖިއަބައޯގެ، ސަރުކާރުގެ، ވިޔަފާރިއާއި، ހަކަތައާއި، މާލީ ކަންކަމާބެހޭ އެންމެ އިސްވެރިޔާއެވެ.