05 Sep 2015, 14:29
ބޮޑެތި އާ ބަދަލުތަކަކާ އެކު ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ގަވައިދު ފާސްކޮށް މިއަދު ޢަމަލު ކުރަން ފަށައިފި އެވެ.
އެފްއޭއެމްގެ އާ ގަވައިދު ފާސްކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އާ ގަވައިދު ފާސް ކުރީ ކޮންގްރެސްގައި ބައިވެރި 10 ކުލަބުގެ ވޯޓާއެކު އެވެ.
އެފްއޭއެމްގެ އާ ގަވައިދުގައި އެންމެ ފާހަގަ ކުރެވޭ ބަދަލަކީ އެފްއޭއެމްގެ އެކި ކަންކަމުގައި އެފްއޭއެމްގެ މެންބަޝިޕް ކުލަބުތަކުގެ ދައުރު ބޮޑުވުމެވެ.
އެގޮތުން އިންތިޚާބުތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން 44 ކުލަބަށް ވޯޓް ލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް އާ ގަވައިދަށް ގެނެސްފައިވާ ބަދަލު ފާހަގަ ކުރެވެ އެވެ.
މީގެ އިތުރުން އެފްއޭއެމްގެ ދަށުން އުފައްދަން ޖެހޭ ކޮމީޓީތަކަށް މެންބަރުން ހޮވުމުގެ ކަންކަން ވެސް ވަނީ ކުލަބުތަކުން ދޫކޮށްލާފަ އެވެ.
އާ ގަވާއިދުގައި ވަނި ފާސްކޮށްފަ އެވެ.
އެގޮތުން އުފައްދަން ހަމަޖެހިފައިވާ އެސޮސިއޭޝަންތަކަކީ ރެފްރީސް އެސޯސިއޭޝަނާއި ވެޓަރަންސް އެސޯސިއޭޝަނާއި ބީޗް ފުޓްބޯލް އެސޯސިއޭޝަނާއި ޕްލެޔާސް އެސޯސިއޭޗަނާއި ވިމެންސް އެސޯސިއޭޝަން ބީޗް ފުޓްބޯލް އެސޯސިއޭޝަނެވެ.
އާ ގަވާއިދުގައި އެފްއޭއމްގެ އެގް ޒެކެޓިވް ކޮމިޓީގެ މެބންބަރުންގެ ޢަދަދު ހަތަކުން ނުވައަކަށް ވަނީ އިތުރުކޮށްފަ އެވެ. އަދި އިންތިހާބުގައި ވާދަކުރަން ޖެހޭނީ ޓީމެއްގެ ގޮތުގަ އެވެ.
އަދި އިންތިޚާބަށް ކުރިމަތިލާ ޓީމަކަށް އިންތިޚާބުގައި ވާދަކުރެވޭނީ ފަސް ކުލަބެއްގެ ތާއީދު ލިބިގެންނެވެ. އޭގެ ތެރެއިން ތިން ކުލަބަކީ ފުރަތަމަ ޑިވީޝަންގެ ތިން ކުލަބަށް ވާންޖެހެ އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސަމް ޢަދީލް ޖަލީލް ވިދާޅުވީ ކުރިއަށް އޮތް ހަފުތާ ތެރޭގައި އިންތިކާބު އިއުލަން ކުރޭވޭނެ ކަމަށެވެ.
އިންތިހާބު އިއުލާން ކުރުމަށް ފަހު އިންތިހާބު ބޭއްވާނީ ދެ މަސް ދުވަހުގެ މުއްދަތކަށް ފަހުގަ އެވެ.
މިއަދުގެ އިންތިޚާބުގައި ފީފާއިންނާއި އޭއެފްސީއިން ވަނީ ކޮންގްރެސްގެ ކަންކަން މޮނިޓަ ކުރުމަށް ބައިވެރިވެވަޑއިގެންފަ އެވެ.