05 Sep 2015, 09:56
ހޫގޯ ބޮސް ކުންފުނީގެ ޔޫކޭގެ ފިހާރައެއްގައި ހުރި ލޯގަނޑެއް ކުޑަ ފިރިހެން ކުއްޖެއްގެ ބޮލަށް ވެއްޓި މަރުވި މައްސަލާގައި އެކުންފުނި 1.2 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.
ހަތަރު އަހަރުގެ އޮޓްސެން ހެރިސަން މަރުވެފައި ވަނީ ހޯގޯ ބޮސްގެ ފިހާރައެއްގެ ތެރޭގައި ހުއްޓައި ލޯގަނޑުވެއްޓި ބޮލަށް ލިބުނު ގެއްލުންތަކަކަށް ފަރުވާ ކުރަމުން ދަނިކޮށް 2013 ވަނަ އަހަރު އެވެ.
އެމައްސަލާގައި އޮކްސްފޯޑް ކްރައުން ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ބުނެފައި ވަނީ ހެރިސަންގެ ބޮލަށް ވެއްޓުނު ކަހަލަ 19 ލޯގަނޑު ހޯގޯ ބޮސްގެ ފިހާރަތަކުގައި އެއްވެސް ގޮތަކަށް ހަރުނުކޮށް ބަހައްޓާފައި ހުރި ކަމަށެވެ.

ހޯގޯ ބޮސްގެ ފިހާރައެއްގެ ތެރޭގައި ހުއްޓައި ލޯގަނޑުވެއްޓި މަރުވި ފިރިހެން ކުއްޖާ -- ފޮޓޯ-- ބީބީސީ
ފަނޑިޔާރު ޕީޓާ ރޯސް ވިދާޅުވީ ހެރިސަންގެ ބޮލަށް ވެއްޓުނު ލޯގަނޑަކީ ހިނގި ހާދިސާއެއް ނޫން ކަމަށާއި، ހޫގޯ ބޮސް ފިހާރާގައި އެ ލޯގަނޑު ބަހައްޓާފައި ހުރީ ކަސްޓަމަރުންނަށް ގެއްލުންވާ ގޮތަށް ކަމަށެވެ.
ހެރިސަންގެ މަރާ ގުޅިގެން ހޫގޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހަބަރަކީ ކުއްލި އަދި ހައިރާން ކުރުވަނިވި ހަބަރެއް ކަމަށާއި އެ ހާދިސާއާ ގުޅިގެން ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.
ހޫގޯ ބޮސް ކުންފުންޏަކީ ހެދުމާއި ރީތިވާ ސާމާނު އުފައްދާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.