ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ޒަޚަމްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 8:30 އެހާކަންހާއިރު އެ އެކްސިޑެންޓު ހިނގާފައި ވަނީ ނިރޮޅުމަގު "ހާތްތެރި މާޓް" ކައިރިން ދެ ސައިކަލްޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި ޒަޚަމްވި ދެ މީހުންގެ ގައިގެ ބައެއް ތަންތަން މަށައިގެންދިޔުން ފިޔަވައި އިތުރު އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެކްސިޑެންޓު ހިނގިކަމުގެ މައުލޫމާތު ލިބުމާ އެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށާފައެވެ.