ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް ކުރިއަށްގެންދާ "އައި ޗޫސް ލައިފު" ކެމްޕެއިނުގެ ދަށުން ހާއްސަ ހިނގާލުމެއް ބާއްވައިފި އެވެ.

އެޗްޕީއޭ އިން އިންތިޒާމްކޮށްގެން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ސޯޝަލް ސެންޓަރު ކައިރިން ހަވީރު ހަތަރެއް ޖެހިއިރު މިއަދު ފެށި އެ ހިނގާލުމުގައި ގިނަ ސަރަހައްދަކަށް މަޑުކޮށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ބާރުދޭ ހަރަކާތަކެއް ދައްކާލާފައިވެ އެވެ.

އެގޮތުން ސޯޝަލް ސެންޓަރުން ފެށިގެން ހިނގާލުމުން މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމައްޗާއި އޮލިމްޕަސް ކައިރިއަށް މަޑުކޮށް އެތަނުގައި ދުންފަތާ ދެކޮޅު މެސެޖް ދިނުމަށް ޑްރާމާ ކަހަަލަ ހަރަކާތްތަކެއް ވަނީ ދައްކާލައިފަ އެވެ.

އެޗްޕީއޭ އިން އިންތިޒާމްކޮށްގެން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި ހިނގާލުން ނިންމާލީ އާޓިފިޝަލް ބީޗާ ހިސާބުންނެވެ. އެ ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި މިއުޒިކް ޝޯއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެޗްޕީއޭ އިން އިންތިޒާމްކޮށްގެން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދުންފަތާ ދެކޮޅަށް މިއަހަރު ފެށި އެ ކެމްޕެއިން ރަސްމީކޮށް ފަށާފައި ވަނީ ދުނިޔޭގެ ދުންފަތުގެ އިސްތުއުމާލު ނުކުރާ މީހުންގެ ދުވަސް ކަމަށްވާ މޭ މަހު 31 ގަ އެވެ.