18 Apr 2010, 09:58
10:00
އޯކިޑްމަގުގައި ހަދަމުންދިޔަ އިމާރާތެއްގެ ތިން ވަނަ ބުރިން ވެއްޓުނު ބިއްލޫރިގަނޑަކުންޖެހި މަގުމަތިން ދިޔަ މީހަކު ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ޒަހަމްވީ މަގުމަތިން ދިޔަ މީހެއްގެ އަތަށް ކަމަށެވެ. އަދި އެ އިމާރާތަކީ، އޯކިޑްމަގާއި ޗާނދަނީމަގާ ގުޅުނު ކަންމަތީގައި ހުންނަ އިމާރާތެއް ކަމަށާއި، މި ހާދިސާގައި އަނިޔާވި މީހާއަށް މާބޮޑު ގެއްލުމެއްނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އެ ބިއްލޫރިގަނޑު ވެއްޓެން ދިމާވީ ތަޅައިގެން ދިއުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ.