ފިލިޕީންސާ ދެކޮޅަށް ކުޅުނު ބައިނަލްއަގުްވާމީ ރަހުމަތްތެރިކަމުގެ މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށް ގައުމީ ޓީމްގެ ކޯޗްގެ މަސްއޫލިއްޔަތު އުފުލަމުންދާ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒު ބުނެފިއެވެ.

ރޭ ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗާ ބެހޭ ގޮތުން މީޑީއާގައި ވާހަކަ ދައްކަމުން އިންމަ ބުނީ ޓެކްޓިކަލް ޑިސިޕްލިންގައި ޓީމް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ހާއްސަކޮށް ފުރަތަމަ ހާފުގައި ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

އިންމަ ބުނީ ޗައިނާއާ ދެކޮޅަށް ކުޅެން އޭނާ ވިސްނާ ގޭމް ޕްލޭނަކީ ވޭތުވެދިޔަ ހަ މަސްތެރޭގައިވެސް ގައުމީ ޓީމް ކުޅެފައިވާ ޕްލޭނެއް ނޫންކަމަށާއި އެހެންވެ އެގޭމް ޕްލޭނަށް ފަރިތަ ވުމުގައި ކުޅުންތެރިންނަށް އުނދަގޫތަކެއް އެބަހުރިކަމަށެވެ.

އިންމަ ބުނީ، ނަމަވެސް އެގޮތަށް ކުޅުމަށް ކުޅުންތެރިން އިމްޕްރޫވް ވަމުން އަންނަ ކަަމަށެވެ.

"ޗައިނާއާ ދެކޮޅަށް ކުޅެން އޮތް ގޭމް ޕްލޭނަކީ ފާއިތުވި ހަ މަހުގައިވެސް ގައުމީ ޓީމް ކުޅެފައިވާ ޕްލޭއެއް ނޫން. އެހެންވެ އެގޮތަށް އެޖަސްޓް ވުމުގައި ކުޅުންތެރިންގެ މެދުގައި އުނދަގޫތަކެއް އެބަހުރި. ނަމަވެސް ކުޅުންތެރިން އަންނަނީ އިމްޕްރޫވް ވަމުން،" އިންމަ ބުންޏެވެ.