މާލެ ގެއެއްގެ މަތީން މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއަދު މެންދުރުފަހު 2:10 އެހާކަންހާއިރު ހ. ޖަނަވަރީވިލާ ކިއާ ގެއެއްގެ މަތީން މީހަކު ވެއްޓި އަނިޔާވެފައިވާ ކަމަށެވެ. ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އޮފިޝަލު ވިދާޅެއްނުވެ އެވެ.

އޮފިޝަލު ވިދާޅުވީ އެ މީހާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިއަދު "ސަން"އަށް ވިދާޅުވީ އޭނާ ވެއްޓުނީ ފަސް ވަނަ ބުރިން ތިންވަނަ ބުރިއަށް ކަމަށެވެ. އަދި ވިދާޅުވީ ޑޮކްޓަރުން މިހާރުވެސް އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށާއި ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި މާބޮޑަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.