ފުވައްމުލަކުގެ ހުރިހާ ސުކޫލުތަކެއްގެ މެދުގައި ފުރަތަމަ ފަހަރަށް ބޭއްވާ ފުރަތަމަ އިންޓާ ސްކޫލު މަދަހަ މުބާރަތް މާދަމާ ފަށުމަށް ތައްޔާރުވެއްޖެ އެވެ.

ޖުމްލަ ނުވަ ސުކޫލަކުން ބައިވެރިވާ އެ މަދަހަ މުބާރާތާ ބެހޭ ގޮތުން 'ސަން' އާ މައުލޫމާތު ހިއްސާކުރައްވަމުން މަދަހަ މުބާރާތް އިންތިޒާމު ކުރާ ފުވައްމުލަކު އަތޮޅު ކައުންސިލުގެ ޒިންމާދާރު ވެރިޔާ އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މި މަދަހަ މުބާރާތަކީ އަލަށް އެކުލަވާ ލެވުނު ތައުލީމީ މަންހަޖުގެ ތެރެއިން ކިޔަވާ ކުދިންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް ހިންގޭ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށްދާ މަދަހަ މުބާރާތެއް ކަަމަށެވެ.

ޕްރީ ސުކޫލުތަކުންނާއި ސެކަންޑްރީ ޕްރައިމެއީ އަދި ސެކަންޑްރީ ސުކޫލުތަކުން ވެސް ބައިވެރިވާ އެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ހާފިޒް އަހުމަދު ސުކޫލުގަ އެވެ.

މުބާރާތުން ވަނަވަނައަށް ދާ ފަރާތްތަކަށް ހަދާނީ ލިޔުމާއި ޓްރޮފީ އަދި ޝީލްޑް ހުށަހެޅިފައިވާ އެ މުބާރާތުގައި ޖަޖު ކުރައްވާނީ މާލެއިން ވަޑައިގަންނަވާ، ކަމުގެ ފަންނު ވެރިން ކަމަށް އަހުމަދު ވިދާޅުވި އެވެ. އޭގެތެރޭގައި ބަހުގެ އެކަޑަމީގެ މެންބަރު އާދަމް ނަސީރު އިބްރާހިމްވެ ސް ހިމެނިވަޑައިގަންނާވާ ކަމަށް އަހުމަދު ވަނީ ފާހަގަކުރައްވާފަ އެވެ.

އަހުމަދު ވިދާޅުވީ ފުވައްމުލަކު އަތޮޅު ކައުންސިލުގެ އުންމީދަކީ 2020 އަންނަންވާއިރަށް ފުވައްމުލަކަކީ ރާއްޖޭގައި އޮތް އެންމެ އުފާވެރި މަންޒިލަށް ހެދުން ކަމަށެވެ.