އަންނަ އަހަރު ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ނައިޖީރީއާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސެގުން އޮޑެގްބާމީ ބުނެފި އެވެ.

އޮޑެގްބާމީ ވަނީ ވަނީ ފީފާގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް އިއްޔަ އިއުލާންކޮށްފަ އެވެ.

އޮޑެގްބާމީ ބުނީ އޭނާއަކީ ވެސް ފީފާގެ ރައީސްކަމަށް ގާބިލް ކެނޑިޑޭޓެއްކަމަށް އެނާ ގަބޫލު ކުރާ ކަމަށެވެ.

މިހާރު އުމުރުން 63 އަހަރުގެ އޮބްޑެގެމީ ވަނީ ނައިޖީރިއާގެ ގައުމީ ޓީމަށް ކުޅެދިން 46 މެޗްގައި 23 ގޯލް ޖަހާފަ އެވެ.

އަދި އޭނާ ވަނީ 1980 ގައި އޭނަގެ ކެޕްޓަން ކަމުގެ ދަށުން އެ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަން ނައިޖީރިއާއަށް ކާމިޔާބުކޮށްދިފަ އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުގައި އޮޑެގްބާމީ ބުނެފައިވަނި ދުނިޔޭގެ ފުޓްބޯޅައިގައި އެފްރިކާއިން މުހިންމު ދައުރެއް ކުޅެން ޖެހޭކަމަށެވެ. އޭނާ ކެނޑިޑޭސި އިއުލާން ކުރެއްވީ އެއިންޓަވިއުއަށް ފަހުގައެވެ.

ފީފާގެ އިންތިހާބުގައި ވާދަކުރުމަށް 26 އޮކްޓޯބަރާއި ހަމަޔަށް ވަނީ ފުރުސަތު ހުޅުވަލާފަ އެވެ.

ފީފާގެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހަޅާއިރު ފަސް ގައުމެއްގެ ތާއިދު ބޭނުން ވާނެ އެވެ.

ފެބްރުއަރީ 26 ގައި ބޭއްވުމަށް ހަމޖެހިފައިވާ ފީފާގެ އިންތިހާބުގައި އޮޑެގްބާމީގެ އިތުރުން ދެން ވާދަކުރައްވާނެ ކަމށް އިއުލާން ކުރައްވާފައިނީ ޔޫއެފްއާގެ މިހާރުގެ ރައީސް މިޝޭލް ޕްލެޓްނީއާއި ދެކުނު ކޮރެއާގެ ފުޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ރައީސް ޗަންގ މޮންގް ޖޫން އެވެ.