16 Mar 2011, 12:17
ގޭތެރޭގައި މަސްތުވާތަކެތި ބަންދުކުރަމުން ދިޔަ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު އިއްޔެ ވިދާޅުވީ ވޭތުވެދިޔަ ދުވަސް ތަކުގައި ފުލުހުން އޮޕަރޭޝަންތައް ހިންގި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވާ ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު ވެސް މާލޭގެ ގެއެއްގެ ތެރެއިން މީހަކު ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމަށް ތައްޔާރުވެ، މަސްތުވާތަކެތި ބަންދު ކުރަން ހުރި މީހެއް ކަމަށެވެ.
އެ މީހާ އަތުލައިގަތްއިރު ބަންދުކުރަން ހުރި ފިލްމު ހުސްކުރި ދަޅުގެތެރޭގައި ހޭޝް އޮއިލް ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި ތަކެއް ހުރި ކަމަށެވެ. އުމުރުން 31 އަހަރުގެ އެ މީހާގެ އެހެން އެއްވެސް ތަފްސީލެއް ފުލުހުންނެއް ނުދެ އެވެ.