އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ މަތިންދާ ބޯޓުތަކަށް އަޅާ ތެލުގެ އަގު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން ހެޔޮކޮށްފި އެވެ.

އެމްއޭސީއެލުން އެއާލައިނުތަކަށް މިއަދު ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ޑޮމެސްޓިކް ދަތުރުތަކަށް ތެޔޮ ލީޓަރެއް ވިއްކާނީ 0.66 ޑޮލަރަށް (10.18 ރުފިޔާ) ކަމަށެވެ. އެއީ ކުރިން ވިއްކި އަގަށް ވުރެ 82 ލާރި ހެޔޮ އަގެކެވެ. މީގެ ކުރިން ޑޮމެސްޓިކު ދަތުރުތަކަށް ތެޔޮ ލީޓަރެއް ވިއްކާފައި ވަނީ 0.71 ޑޮލަރަށް (11.00 ރުފިޔާ) އަށެވެ.

އެއާލައިނުތަކަށް ފޮނުވާފައި ސާކިއުލާގައި ބުނެފައި ވަނީ މިއަދުން ފެށިގެން އިންޓަނޭޝަނަލް ފްލައިޓްތަކަށް ތެޔޮ ލީޓަރެއް ވިއްކާނީ 0.65 ޑޮލަރަށް (10.08 ރުފިޔާ) ކަމަށެވެ. އެއީ ކުރިން ވިއްކި އަގަށް ވުރެ 77 ލާރި ހެޔޮ އަގެކެވެ. މީގެ ކުރިން އިންޓަނޭޝަނަލް ފުލައިޓުތަކަށް ތެޔޮ ލީޓަރެއް ވިއްކާފައި ވަނީ 0.70 ޑޮލަރަށް (10.85 ރުފިޔާ) ށެވެ.

އެމްއޭސީއެލުން މަތިންދާ ބޯޓުތަކަށް އަޅާ ތެލުގެ އަގު ހެޔޮކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮކުރުމުން ނެވެ.