03 Sep 2015, 10:33
(ޔަމަން ސެޕްޓެމްބަރު 2)-- ޔަމަންގެ ވެރި ރަށް ސަނާގައި ހުންނަ ޝިއާ މިސްކިތަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ދެ ހަމަލާއެއްގައި 20 މީހުން މަރުވެ އެތައް ބަޔަކު ޒަހަމުވެއްޖެ އެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ބީބީސީ އިން އިއްޔެ ބުނީ ބޮން ހަރުކޮށްގެން ހުރި މީހަކު އޭނާއާ އެކު އެއް ބޮން ގޮއްވާލީ މިސްކިތުން މީހުން ފައިބައި ތިއްބައި ކަމަށެވެ. އަދި ކާރެއްގައި އަނެއް ބޮން ގޮއްވާލީ ޒަހަމުވި މީހުންނަށް އެހީވުމަށް މީހުން އެހީތެރިވުމަށް އުޅެނިކޮށް ކަމަށެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މިލިޓަންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ އެ ބޮންތައް ގޮއްވާލީ އެ މީހުން ކަމަށެވެ.
ޔަމަނުގައި އެހީ ވުމަށް މަސައްކަތް ކުރާ ދެ މީހެއްގެ ގަޔަށް ބަޑިޖަހައި އިއްޔެ ވަނީ މަރާލާފައި ވެސް މެ އެވެ. ދަ އިންޓަނޭޝަނަލް ކޮމެޓީ އޮފް ރެޑް ކޮރަސް (އައިސީއާރުސީ) އިން ބުނީ އެ ޖަމާއަތުގެ ދެ މީހަކު ކޮންވޭއެއްގައި ސަނާ އަށް ދަތުރުކުރަނިކޮށް މަރާލާފައިވާ ކަމަށެވެ.