02 Sep 2015, 15:59
ޝަންގްރިއްލާ ރިސޯޓްގައި ހުންނަ ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ތިން މަސް ފަހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މީހުން ދޫކޮށްލި ކަމުގައިވީ ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 36 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ދެ ފިރިހެނުންނެވެ. އެ އެންމެންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.
'ސަން' އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ތިން މީހުންނަކީ ވެސް އެރިސޯޓުގެ މުވައްޒަފުންނެވެ.