02 Sep 2015, 15:45
ވަޒީފާއަށް ސަލާމް ބުނުމުން ސާވިސް އެލަވަންސުން އުނި ނުކުރެވޭނެ ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓުރިބިއުނަލުގެ ނިންމުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.
ވަޒީފާ އަށް ސަލާމް ބުނި ދުވަހެއްގައި ސާވިސް އެލަވަންސުން ކެނޑި މައްސަލައެއް ވަޒީފާ އާ ބެހޭ ޓްރިބިއުނަލަށް ހުށަހެޅުމުން، ސަލާން ބުންޏަސް ސާވިސް އެލަވަންސުން ނުކެނޑޭނެ ކަމަށް ބުނެ ޓްރިބިއުނަލުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި ސަލާމް ބުނި ދުވަހުގެ ސާވިސް އެލަވަންސުން ކެނޑި ރުފިޔާ އަނބުރާ ދިނުމަށް ވެސް ޓްރިބިއުނަލުން ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައިވެ އެވެ.
އެމައްސަލަ ސީއެސްސީ އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ވަނީ ބަލައިގަންފަ އެވެ. އަދި މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ މައްސަލަ ރެޖިސްޓްރީ ވެސް ކޮށްފަ އެވެ.
މީގެ އިތުރުން ވަޒީފާއަށް ސަލާމް ބުނުމުން ސާވިސް އެލަވަންސުން އުނިކުރެވޭނެ ކަމަށް ބުނެފައިވާ މާއްދާ ވަޒީފާއާ ބެހޭ ގާނޫނާއި ގާނޫނު އަސާސީއާ ޚިލާފު ކަމަށް ކަނޑައަޅައި އެ މާއްދާ ބާތިލުކޮށް ދިނުމަށް އެދި އަމިއްލަ ފަރާތަކުން ވަނީ ހައިކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ވެސް ހައިކޯޓުން ވަނީ ބަލައިގެންފަ އެވެ.