02 Sep 2015, 15:41
ރާއްޖޭގެ ގައުމީ ސީނިއާ ޓީމް ވާދަކުރާ ބައިނަލްއަގްވަމީ މެޗްތަކުން މޮޅުވާ ކޮންމެ މެޗަކަށް ގައުމީ ޓީމްގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވަކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު މިއަދު ވިދާޅުވެފައިވީ، މިއަދުން ފެށިގެން ރާއްޖޭގެ ގައުމީ ސީނިއާ ޓީމް ކުޅޭ ބައިނަލްއަގުވާމީ މެޗްތަކުގެ ތެރެއިން މޮޅުވާ ކޮންމެ މެޗަކަށް ޓީމްގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް ބޯނަސްގެ ގޮތުގައި 10000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާ ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ވެސް ކޮންމެ ކުޅުންތެރިއަކަށް 10000 ރުފިޔާ ލިބޭނެ އެވެ.
We have decided to give MVR 10k match bonus for the senior national team players if they win any official match after 2nd September.
Posted byMohamed ShaweedonWednesday, September 2, 2015
މިކަމާ ބެހޭގޮތުން ސަން އަށް ދެއްވި އިންޓަވިއުގައި އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ، އެފްއޭއެމްއިން މިއަދު އެގޮތަށް ނިންމާފައިވާކަމަށާއި އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޗެމްޕިއަންކަން ހޯދައިފިނަމަ ބޯނަސްގެ ގޮތުގައި މިއަށްވުރެވެސް ބޮޑު އަދަދެއް ލިބިގެންދާނެކަމެށެވެ.
ބައްސާމް ވިދާޅުވީ، މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް ޗެމްޕިއަންކަން ހޯދައިފިނަ ބޯނަސްގެ ގޮތުގައި ކޮންމެ ކުޅުންތެރިކަށް ބޮޑު އަދެއް ލިބިގެންދާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ލިބޭ ބޯނަސް މިއަށް ވުރެ ބޮޑުވެގެންދާނެ. ޚާއްޞަކޮށް ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފިނަމަ ބޯނަސްގެ ގޮތުގައި ކޮންމެ ކުޅުންތެރިޔަކަށް ވަރަށް ބޮޑު ޢަދަދެއް ދޭނަން،" ބައްސާމް ވިދާޅުވިއެވެ.
ބައްސަމް ވިދާޅުވީ، މި ނިންމުމަކީ އެފްއޭއެމްގެ ނިންމުމެއްކަމަށާއި އެފައިސާ ދޭނީ އެފްއޭއެމްއިން ކަމަށެވެ.
ސަރުކާރުންވެސް ވަނީ ބައިނަލްއަގުވަމީ ކުޅިވަރު މުބާރާތްތަކުން ޗެމްޕިއަންކަން ހޯދާ ޓީމްގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް 35000 ރުފިޔާ ދިނުމަށް ނިންމާފައެވެ.