މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެއްފަހަރާ އެންމެ ގިނަ ގަސްއިންދުމުގެ ރެކޯޑު ހެދުމަށް ތައްޔާރުވާން ފަށައިފިއެވެ.

ކަރެކްޝަނުން ބުނީ އެ ހަރަކާތުގައި 13000 އަށްވުރެ ގިނަގަސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަރެކްޝަނުން ބުނީ އެ ޕްރޮގްރާމަށް ހޯދާފައިވާ ގަސްތައް އެޗްޑީސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ޕްރޮގުރާމު އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް އެޗްޑީސީއާ ކަރެކްޝަނުން ވަމުން އަންނަ ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަނުން ވަނީ އެ ޕްރޮގްރާމްގައި ގަސް އިންދުމަށް ޝައުގުވެރިވާ ކްލަބް، ޖަމްޢިއްޔާތަކަށާއި އާންމުފަރުދުންނަށް އެފުރުސަތު ހުޅުވާލައިފަ އެވެ.