02 Sep 2015, 12:02
ފޮރިން މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު އަނޫޝް އެ މަގާމުން ވަކިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވި ގޮތުގައި ސ. ހުޅުދޫ ޑައިމަންޑް ވިލާ، އަހުމަދު އަނޫޝް އެމަގާމުން ވަކިކޮށްފައި ވަނީ މިހަފްތާގެ ތެރޭގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މަގާމެއްގެ ގޮތުގައި އެ މަގާމު އަނޫޝްއަށް ދެއްވާފައި ވަނީ ތިން މަސް ކުރިންނެވެ.
އަނޫޝް މަގާމުން ވަކިކުރި ސަބަބެއް އަދި ސާފުނުވާ އިރު އޭނާ ހުންނެވި ފޮރިން މިނިސްޓުރީގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް އަދި އެހެން އެއްވެސް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެ އެވެ.
އަނޫޝް ވަނީ ދިއެފްއެމްގައި ޕްރެޒެންޓަރެއްގެ މަގާމު އަދާކޮށްފަ އެވެ. އަދި ޗެނަލް 13ގައި ސީނިއާ މަގާމެއް އަދާކޮށްފަ އެވެ. އަނޫޝް އަކީ ބަހުސް މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ވާހަކަދެއްކުން ތެރިއެކެވެ.