02 Sep 2015, 11:17
ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ޕިލިޕީންސާއި ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ކުޅެން ބޭނުންވާ ގޮތަށް "އެޖަސްޓް" ކުރުމަށް އުނދަގޫތަކެއް އެބަހުރި ކަމަށް ގައުމީ ޓީމްގެ ކޯޗްގެ މަސްއޫލިއްޔަތު އުފުލަމުންދާ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.
ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗްގެ ކުރިން މީޑީއާގައި ވާހަކަ ދައްކަމުން އިންމަ ބުނެފައި ވަނީ ފިލިޕީންސް މެޗަކީ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިންގެ މޮޓީވޭޝަން ރަނގަޅުކޮށް ކޮންފިޑެންސް އިތުރުކުރުމަށް އެހިތެރިވެދޭނެ ކަމަށެވެ.
އިންމަ ބުނީ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗްގައި ދަނޑު މަތީގައި ޓެކްޓިކަލް ޑިސްޕްލިން ބަހައްޓައިގެން ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗްގައި "ކުޅުންތެރިންގެ 150 ޕަސަންޓް ނެރޭނެ" ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
ގައުމީ ތީމްގެ ޑިފެންޑާ އަކުރަމް ޢަބްދުލް ޣަނީ ބުނީ ފިލިޕީންސް މެޗަކީ ޓެކްޓިކަލީ ޓީމް ޕްރިޕެއާ ވެލުމަށް ލިބުނު ވަރަށް މުހިންމު މެޗެއް ކަމަށެވެ.
އަކުރަމް ބުނީ ޕިލިޕީންސްއަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ހުރިހާ ކުޅުންތެރިން އެއްކޮށް މަސައްކަތްކޮށްފިއްޔާ ފިލޕިޕީންސް ބަލި ކުރެވޭނެ ކަމަށެވެ.
ފިލިޕީންސާއި ދިވެހި ޓީމް ބައްދަލު ކުރާ މެޗް ފެށޭޏި ރާއްޖޭ ގަޑިން މަދަމާ ހަވީރު 5:00 ގަ އެވެ.