ނަވާރަ ޓީމާއެކު 23 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް މިއަންނަ ބުދަދުވަހު ފެށުމަށް ބާސްކެޓްބޯލް އެސޯސިއޭޝަނުން ތާވަލްކޮށްފިއެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ބުނެފައިވަނީ މުބާރާތް ދެ ޑިވިޝަނަކަށް ބަހައިލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ފިރިހެން ޑިވިޝަނުން 15 ޓީމް މުބާރާތުގައި ވާދަކުރާއިރު އަންހެން ޑިވިޝަނުން ހަތަރު ޓީމެއް މުބާރާތުގައި ވާދަކުރާ ކަމަށެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕެއްގެ މައްޗަށެވެ.

އެ މުބާރާތް މިމަހު 30އާ ހަމަޔަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ބޭއްވި މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ހޯދާފައިވަނީ ރެޑްލައިން ސްޕޯޓްސް ކުލަބު (އާރްއެލްސީ) އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަނީ އެމްބީއޭ ކަޕްގެ ނަމުގައި މިއަހަރު ބާސްކެޓްގެ އާ މުބާރާތެއްވެސް ބާއްވާފައެވެ.