02 Sep 2015, 11:42
(ވޮޝިންގްޓަން ސެޕްޓެމްބަރު 2) -- މޫދު ކައިރީގައި އުޅޭ ދޫނީގެ ތެރެއިން ކޮންމެ 10 ދޫންޏަކުން ނުވަ ދޫންޏެއްގެ ގޮހަރުން ޕްލާސްޓިކްގެ ބައިތައް ފެނިފައިވާ ކަމަށް އާ ހޯދުމަކުން ބުނެފި އެވެ.
ކުރީގެ ހޯދުންތަކުން އެ އަދަދު އުޅުނީ، ކޮންމެ 100 ދޫންޏަކުން 29 ދޫންޏެއްގެ ބަނޑުގައި ޕްލާސްޓިކްގެ މައުދަންތައް ހުރި ކަމަށެވެ. ނަމަވެސް އޮސްޓްރޭލިއާގެ ސައިންސުވެރިންތަކެއް ދާދިފަހުން ކުރި ދިރާސާއަކުން އެނގުނީ އެ އަދަދު އެތައް ގުނައެއް އިތުރު ކަމަށެވެ.
އޮސްޓްރޭލިއާގެ ނޭޝަނަލް އެކަޑަމީ އޮފް ސައިންސުން ބުނީ ހައިރާން ކުރުވާ ވަރަށް ދޫނީގެ ބަނޑުން ޕްލާސްޓިކްގެ ބައިތައް ފެންނަމުން އަންނަ ކަމަށެވެ.
އެ އެކަޑަމީ އިން ބުނީ ދުނިޔޭގައި ޕްލާސްޓިކް ބޭނުން ކުރާ ވަރު އިތުރުވަމުން އަންނަ ވަރަކަށް އެ މައްސަލަ ބޮޑުވަމުން އަންނަ ކަމަށެވެ. އަދި ބުނީ ކުރިއަށް އޮތް 11 އަހަރުގެ ތެރޭގައި އެ މައްސަލަ އިތުރަށް ބޮޑުވާނެ ކަމަށެވެ.

ދޫނިތައް ކައިފައިވާ ޕްލާސްޓިކްތައް
ދުނިޔޭގައި ޕްލާސްޓިކް އުފައްދަން ފެށީ 1950 ވަނަ އަހަރު އެވެ.
އެ ކަޑަމީގެ ފަރާތުން ވަނީ ދޫނި އުޅޭ ސަރަހައްދަށް ކުނި ބުނި އަޅާ ގޮތް އަދި ދޫނިތައް އެ ކުނިބުނިތައް ކައި އުޅޭ ގޮތް ދައްކުވައިދޭ ކޮމްޕިއުޓާ އިލިސްޓޭޝަނަކުން ދައްކުވައިދީފަ އެވެ.
ދޫނިތައް ޕްލާސްޓިކް ކަނީ އެއީ މަސް ކަމަށް ހީކޮށް ކަމަށް އެ އެކަޑަމީ އިން ބުންޏެވެ. ނަމަވެސް އެ ސޮރުމެންނަށް ނޭނގި ކެވެނީ ޕްލާސްޓިކް ކަމަށް ވެސް އެ އެކަޑަމީ އިން ބުންޏެވެ.
މައުލޫމާތު: ވޮޝިންގްޓަން ޕޯސްޓް