02 Sep 2015, 09:43
ޒުވާނުންގެ ހުނަރު ދައްކާލުމަށް ބާއްވާ ފަރުމާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 18 އަހަރާއި 35 އަހަރުގެ މީހުންނަށް މިމަހު 12 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަންނަ މަހު އެކަކުން ތިނަކަށް ބާއްވާ އެ ފެއާގައި ބައިވެރިކުރާ ތަކެތި އާންމުންނަށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޔޫތް މިނިސްޓްރީން ބުނެއެވެ.
ފަރުމާ ފެއާއަކީ ޒުވާނުންގެ އެކިއެކި ފަންނުވެރި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ފަދިކޮށްދީ ފަންނުވެރިކަމުގެ ރޮނގުން ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ފުުރުސަތު ހޯދައިދިނުމަށް ބާއްވާ ފެއާއެކެވެ.