ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ހޭލީސް ގްރޫޕުން ރާއްޖޭގައި 65 މިލިއަން ޑޮލަރުގެ މަތީ ފެންވަރުގެ ރިސޯޓެއް ހަދަން ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވެބްސައިޓެއް ކަމަށްވާ ޓީޓީޖީއޭޝިއާ އިން ބުނެފިއެވެ.

ހޭލީސް ގްރޫޕްގެ މެނޭޖިން ޑިރެކްޓާ ލަލިން ސަމަރަވިކްރަމް އާ ހަވާލާދީ އެ ވެބްސައިޓުން ބުނެފައި ވަނީ 150 ވިލާގެ އެ ރިސޯޓް ގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށަން ތާވަލްކޮށްފައިވާކަމަށެވެ. އަދި ރިސޯޓް ހުޅުވާނީ 2018 ވަނަ އަހަރު ކަމަށް ވެސް ލަލިން ވިދާޅުވިއެވެ. އެ ރިސޯޓަކީ ކޮންރަށެއްކަން ނުބުނި ނަަމަވެސް އެ ރަށް އޮންނަނީ އެއާޕޯޓުން 30 މިނިޓުންދެވޭ ހިސާބެއްގައި ކަމަށް އެ ވެބްސައިޓުގައި ވަނީ ބުނެފައެވެ.

ސްރީލަންކާގެ ދެ ކުންފުނި ކަމަށްވާ ޖޯން ކީލްސް އާއި އެޓިކަން ސްޕެންސް އިން ވެސް ދަނީ ރާއްޖޭގައި ރިސޯޓް ހިންގަމުންނެވެ.